ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އިން ‘މިނިވަން ކަމުގެ ދިފާއުގައި ދިވެހިން’ މި ނަމުގައި ކުރިއަށްގެންދާ ގައުމީ ކެމްޕެއިނުގައި ބައިވެރިވުމުގެ ދައުވަތުކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދީފިއެވެ.
މި ކެމްޕެއިން އިފްތިތާހުކުރުމަށް ރޭ ބޭއްވި ހަފްލާގައި އިދިކޮޅު ކޯލިޝަން ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ވީ މި މަސައްކަތަކީ ހަމައެކަނި އިދިކޮޅު ކޯލިޝަންގެ މަސައްކަތެއް ނޫން ކަމަށެވެ. އަދި މި މަސައްކަތުގައި ދިވެހި ކޮންމެ ރައްޔިތަކަށްވެސް ބައިވެރިވެވޭނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ދިވެހި ލީޑަރުން ވެސް އެ ހަރަކާތުގައި ބައިވެރިވާން ދައުވަތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ އެ ކެމްޕެއިން ހަަރަކާތުގައި ބައިވެރިވާން އެހެން ލީޑަރުންނަށް ދައުވަތު ދެއްވަން ނިންމެވީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެސް އިޒުނަފުޅާއެކުކަމަށެވެ.
މި ކެމްޕެއިނާ ބެހޭ ގޮތުން ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ ޕީޕީއެމުން މި ފެށި މަސައްކަތަކީ ވަރަށް ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށެވެ.