English Edition
Dhivehi Edition
ފޮޓޯ: އެމްއެންޑީއެފް

ގިނަ އަދަދެއްގެ ތެލާއިއެކު ބާޖެއް ށ.އަތޮޅު ނޫމަރާގެ ހުޅަނގުފަރާތު ފަރަށް އަރައިފި އެވެ.

އެފްއެސްއެމްގެ “މެކުނު” ތެޔޮ ބާޖު ފަރަށް އެރީ މިއަދު ހެނދުނު 6:59 ހާއިރު ށ. ފޯކައިދޫއިން ހދ. ނޭކުރެންދުއަށް ދަތުރުކުރަމުން ދަނިކޮށެވެ.

ފަސް މީހުންނާއެކު ދަތުރުކުރަމުންދިޔަ އެ ބާޖު ފަރަށް އެރިކަމުގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ނޮދާން އޭރިއާ ކޯސްޓްގާޑުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

އެމްއެންޑީއެފް އިން ބުނީ ބާޖު ފަރަށް އެރިއިރު އޭގައި 100،000 ލީޓަރުގެ ޑީސެލްއާއި 15،000 ލީޓަރުގެ ޕެޓްރޯލް ހުރިކަމަށެވެ. އެހެން ނަމަވެސް ތެޔޮ ލީކުވުމުގެ އެއްވެސް ނިޝާނެއް އަދި ނުފެންނަ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވާއިރު ބާޖު ފުންކުރުމަށްޓަކައި ބާޖުގެ ވެރިފަރާތުން ދަނީ އެހެން ބޯޓެއްގެ އެހީތެރިކަން ހޯދަމުންނެވެ.