English Edition
Dhivehi Edition
ފޮޓޯ: އެމްވީ ކްރައިސިސް

ދޫނިދޫ ބޭރުން ކަނޑުގެ ސަރަހައްދެއްގައި މަރުވެފައި އޮތް ވާ މިއަދު ފެނުނު ހަށިގަނޑަކީ ރަސްފަންނާ ދިމާއިން ރޭ މޫދަށް ފުންމާލި މީހާގެ ހަށިގަނޑުކަން ފުލުހުންގެ ތަހުގީގަށް ކަށަވަރު ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ރޭ 19:54 ހާއިރު މާލޭގައި ރަސްފަންނު ކައިރި މޫދަށް ފުންމާލާފައިވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މީހާ ގެއްލިގެން އުޅޭކަމުގެ ރިޕޯޓް، އެމްްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ރޭ 19:54 ހާއިރު ލިބިގެން ހަރަކާތްތެރި ވަމުން ދިޔަ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މޫދުން ފެނުނު މި މީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން މާލެ ގެނެސް، މިހާރު އާއިލާ އާއި ހަވާލުކޮށްފައިވާކަމަށެވެ. އެހެންނަމަވެސް މި މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފައި ނުވާއިރު، އެ މީހާ މޫދަށް ފުންމާލި ސަބަބުވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.