English Edition
Dhivehi Edition
އައްޑޫ ސިޓީ ފޭދޫގައި ހުންނަ ސިޓީ ފިއުލް ސަޕްލައިގެ ބްރާންޗް - ފޮޓޯ: ހައިވްމައިނާޑޮޓްކޮމް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމާއެކު، އެސްޓީއޯއިން ރާއްޖޭގައި ވިއްކާ ތެލުގެ އަގު ހެޔޮކޮށްފިއެވެ.

އެސް.ޓީ.އޯ އިން އަގަށް ގެނައި މި ބަދަލާއި އެކު ޑީސަލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ވަނީ ކުޑަކޮށްފައެވެ. އެސްޓިއޯ އިން ބުނީ މި ބަދަލާއި އެކު ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަން ތަކުން މެއި 27، 2024 އިން ފެށިގެން ޕެޓްރޯލް ލީޓަރެއް 13.98 ރުފިޔާ އަށް އަދި ޑީސަލް ލީޓަރެއް 13.92 ރުފިޔާ އަށް ކުޑަކޮށްފައެވެ.

މީގެ ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 14.33 ރުފިޔާއަށެވެ. މީގެ ކުރިން ޑީސަލް ލީޓަރެއް ވިއްކި އަގަކީ 14.62 ރުފިޔާއެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިއުމަށް ކަމަށެވެ. އެ ގޮތުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގަށް އަންނަ ބަދަލުތަކާ އެކު ރާއްޖޭގައި ވިއްކާ އަގުތަށްވެސް ބަދަލު ކުރަމުން ދާނެ ކަމުގެ ޔަގީން ކަން އެސްޓިއޯ އިން ވަނީ ދީފައެވެ.