English Edition
Dhivehi Edition

މަހަށް ނިކުމެ އުޅުނު ދޯންޏެއްގައި އަލިފާން ރޯވެ ދޯނި އަޑިއަށް ދިއުމުން ހަތަރު މީހަކު ކަނޑުވެއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 7:15 ހާއިރުކަމަށެވެ. އަދި މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުމާއެކު ސިފައިން އެސަރަހައްދަށް ދިޔަކަމަށާއި، އަދި އޭރު ދޯނި އަޑިއަށް ގޮސްފައިވާކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

މި ހާދިސާގައި އަލިފާން ރޯވެފައިވަނީ ލ.މާވަށުގެ ދެކުނުން 7 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަމަށް ނިކުމެ އުޅުނު “ނޫރު-2” ނަމަކަށްކިޔާ ދޯންޏެއް ކަމަށާއި ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން އެ ސަރަހައްދަށް ދިޔައިރު ދޯނި ވަނީ އަޑިއަށް ގޮސްފައެވެ. ނަމަވެސް އެ ދޯނިން ދަތުރުކުރި 4 ފަޅުވެރިން (ދިވެއްސަކާއި ތިން ބިދޭސީން) ކަނޑުމަތިން (ލ.މާވަށުގެ ދެކުނުން 6 ނޯޓިކަލް މޭލު ބޭރުން) އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ އުޅަނދަށް ފެނިގެން އެމީހުން މިހާރު ވަނީ ލ.ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދެވިފައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

އެމީހުންގެ ހާލަތާއި ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.