English Edition
Dhivehi Edition
އައްޑޫމީދޫ ދާއިރާގެ އެޖެންޑާ 19 ޖަލްސާގައި ރޮޒޭ ވާހަކަ ދައްކަވަނީ- ފޮޓޯ ލުބްނާ އޭއޯ ނިއުސް

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާކަމަށާއި އެ މައްސަލަ ހުރިހާ މެމްބަރުންވެސް ޖައްސަމުން އަންނަކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޭ “ސަންގު ޓީވީ” ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ރޮޒެއިނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ކަންކަމުގައި އަދި ކުރެވޭ މަސައްކަތްތަކާމެދުވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގައި މާ ބޮޑު މަޝްވަރާތަކެއް ނުކުރާކަމަށެވެ. އަދި މަޖިލީހަށް ކަމެއް ހުށަހެޅުމުން އެކަމަކާމެދު ބަހުސް ކުރުން އޮންނަނީ ހަމައެކަނި މަޖިލީހުގެ ޖަލްސާ ތެރޭގައި ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އާއި މަޝްވަރާ ކުރެވެނީ ކިހާ މިންވަރަކަށްކަންވެސް އެގިވަޑައިނުގަންނަވާކަން ފާހަގަކޮށް ރޮޒެއިނާ ވިދާޅުވީ މަޖިލީހުގައި ބިލަށް ވޯޓު އެހުމުގެ އެއްގަޑިއިރު ކުރިން ޕާލިމަންޓަރީ ގުރޫޕުން ބައްދަލުވުމެއް ބާއްވާ، އެ ބިލަށް ހަދަންވީ ގޮތް ނިންމާކަމަށެވެ.

މީގެ އިތުރުން ރޮޒެއިނާ ވަނީ މިހާރު އެމްޑީޕީ ތެރޭގައި އެއްވެސް ވަރަކަށް މަޝްވަރާގެ އުސޫލެއް ނެތްކަން ފާހަގަކުރައްވާފައެވެ.