English Edition
Dhivehi Edition

އެސްޓްރަޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ރާއްޖޭގައި ޖަހަން ބޭނުންވާ މީހުންނަށް އެޕޮއިންޓްމެންޓް ދޫކުރަން މިއަދު ފަށައިފި އެވެ.

ސިންގަޕޫރުގެ އެސްޓްރަޒެނެކާ ކުންފުންޏާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން އުފައްދާފައިވާ ވެކްސިންގެ ފުރަތަމަ ޑޯޒް އަންނަ ހޮނިހިރުދުވަހުން ފެށިގެން މާލޭ ސަރަހައްދުގައި, ޖަހައިދޭން ނިންމާފައިވާއިރު، ވެކްސިން ޖަހަން ބޭނުންވާ މީހުން އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމެންޓް ހެދުމަށް އެ އިދާރާއިންވަނީ އެދިފައެވެ.

ޕޯޓަލްގައި އެ މީހެއްގެ މައުލޫމާތު ފުރިހަމަކުރުމަށް ފަހު، ވެކްސިން ޖަހަން ދާން ބޭނުންވާ ގަޑި އާއި ތާރީހު އިހުތިޔާރު ކުރުމުން، އެ މީހަކަށް އެޕޮއިންޓްމެންޓް ހަމަޖެހުން ކަމުގެ މެސެޖެއް ލިބޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. ޕޯޓަލް މެދުވެރިކޮށް އެޕޮއިންމެންޓް ހެއްދުމުގައި އުނދަގޫތަކެއް އުޅޭ ނަމަ އެޗްޕީއޭގެ 1676 އަށް ގުޅުމުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އެ އިދާރާ އިން ބުނެ އެވެ.

ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެއްދުމަށް ފަހު، ގަޑިއަށް ވެކްސިން ސެންޓަރަށް ދިއުމަށް އެޗްޕީއޭ އިން އެދިފައިވާއިރު ގަޑިއަށް ނުދާ މީހުންގެ އެޕޮއިންޓްމެންޓް ކެންސަލްވާނެ ކަމަށާއި އެ މީހުން ޖެހެނީ އަލުން އެހެން ދުވަހަކަށް އެޕޮއިންޓްމެންޓް ހައްދަން ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.