English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅު ނިންމަވާލައްވައި އެނބުރި ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ 31 ޖުލައި 2021 ވާ ހޮނިހިރު ދުވަހުގައެވެ.

ރައީސްގެ ދެކަނބަލުން ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ވެސް ނުރަސްމީ ދަތުރުފުޅެއްގައި ދުބާއީއަށް ވަޑައިގެންފައިވާއިރު އެފަހަރު ދުބާއީއަށް ވަޑައިގެންނެވީ ރައީސް ސޯލިހްގެ ކޮއްކޯފުޅު އަހްމަދު މުހައްމަދު ސޯލިހް އަވަހާރަވުމާއި ގުޅިގެން ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށެވެ.

ރައީސް ސޯލިހު ޔޫއޭއީއަށް ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަތީ އީދު ބަންދަށް ނުރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގަތުމަށްފަހު އެނބުރި ވަޑައިގަތްތާ ހަތަރު ދުވަސް ފަހުންނެވެ.