English Edition
Dhivehi Edition

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ އިރުމަތީ ފަރާތުން ދޫކުރި ގޯތިތައް އެހެން ސަރަހައްދަކަށް ބަދަލުކުރަން ނިންމާފައިވާ ނިންމުމަކީ އަދުލުވެރި ނިންމުމެއްކަމަށް ގަބޫލުނުކުރާނަމަ ކޯޓަށް ދިއުމުގެ ފުރުސަތު އެބައޮތްކަމަށް އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ނިޒާރު ވިދާޅުވީ އޭއީއެޗް ސަރަހައްދަކީ އިޤްތިޞާދީ، އަދި އިޖްތިމާއީ ގޮތުން މުހިންމު ސަރަހައްދެއް ކަމަށެވެ، އަދި އެ ސަރަހައްދު ތަރައްގީ ކުރާނެ ޚާއްސަ ޕްލޭނެއް އެބައޮތް ކަމަށާއި އަދި އެ ޕްލޭނާއޮ އެއްގޮތަށް އެސަރަހައްދު ތަރައްގީ ކުރެވިއްޖެނަމަ އެކަމުގެ މަންފާ އައްޑޫ ސިޓީގެ އިތުރުން، މުޅި ރާއްޖެއަށް ކުރާނެ ކަމަށެވެ.

އިތުރަށް ނިޒާރު ވިދާޅުވީ އޭއީއެޗް ސަރަހައްދުން ބަންޑާރަ ގޯތި ލިބުނު މީހުންގެ އަތުން ބިން ނުނަގާ ކަމަށާއި، އެގޯތިތައް އެހެން ސަރަހައްދަކަށް ބަދަލުކުރަނީ ކަމަށެވެ. އަދި މިހާރު ދޫކުރާ ބަންޑާރަ ގޯތިތައް ބޮޑެތި ވާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.

މީގެ އިތުރުން ނިޒާރުވަނީ އޭއީއެޗް ސަރައްހަދުގެ ބިންތައް ހުސްކުރުމަށް މުއްދަތެއް ދޭއިރު އެއީ އަދުލުވެރި ނިންމުމެއްކަމަށް ގަބޫލުނުކުރާ މީހުން ކޯޓަށް ދިއުމަށް އެދިވަޑައިގެންފައެވެ. އަދި ކޯޓަށް ދާ މީހުންނަށް ވެސް ކައުންސިލްގެ ފަރާތުން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި، ކައުންސިލް ލީގަލް ޓީމުން އެކަމުގައި ހަރަކާތްތެރިވާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ އިރުމަތީ ފަރާތުން ދޫކުރި ގޯތިތައް ބަދަލުކުރާނީ، ކުރިން އެ ހޮސްޕިޓަލް އަޅަން ކަނޑައެޅި ސަރަހައްދަށެވެ.

1 ކޮމެންޓް
މަނިކުފާލަން
ޖުލައި 25, 2021
ރައްޔިތުންނަށް ވެރިކަންކުރުމަށް ހަވާލުކުރުމުން އެކަމަށް ޚިޔާނާތްތެރިވެ ރައްޔިތުން ކޯޓަށް ފޮނުވަންޏާ ދެންފަހަރަކުން ރައްޔިތުންގެ ވޯޓުހޯދަންވެސް ކޯޓަށް ދިޔުމަށް ތިޔަބޭފުޅާއަށް ދަންނަވަން. ރައްޔިތުންނަށް ވެރިކަންކޮށްދިނުމަކީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއިއެކު ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކަންކަންކުރުން. އެއީ އެއްވެސް ހާލެއްގައި ތިބޭފުޅުންގެ ވިޔަފާރިތައް ފުޅާކުރުމެއް ނޫން.