English Edition
Dhivehi Edition

ބަރަހަނާ ފިލްމުތަކެއް ހަދަމުންދާ މައްސަލައެއްގެ ތުހުމަތުގައި ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ ހައްޔަަރުކުރުމާއި ގުޅިގެން ސޯޝަލްމީޑިއާ އާއި ދުރަށްޖެހި ހަނުހުރުމަށްފަހު ފުރަތަމަ ފަހަރަ ސޯޝަލްމީޑިއާގައި ޝިލްޕާ ޕޯސްޓެއްކޮށްފިއެވެ،

ބަރަހަނާ ފިލްމުތަކެއް ހަދައި އެ އެއްޗެހި މޮބައިލް ޕްލެޓްފޯމެއްގައި ދައުރުކުރަމުންދާ ކަމުގެ ތުހުމަތުގައި ރާޖް ހައްޔަރުކޮށްފައިވަނީ ހޯމަ ދުވަހުއެވެ. އަދި މި މަހުގެ 23 ވަނަ ދުވަހާއި ހަމައަށް އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރު ނެރެފައެވެ.

ރާޖް ހައްޔަރުކުރި ދުވަހުން ފެށިގެން ޝޫޓިންތައް ކެންސަލްކޮށް ސޯޝަލް މީޑިއާ އާއި ދުރަށް ޖެހިލާފައިވާ ޝިލްޕާ މިރޭ ވަނީ އިންސްޓަގްރާމަށް މާނަ ފުން މެސެޖެއް ދޫކޮށްލާފައެވެ.މި ގޮތުން މިރޭ އޭނާ ހިއްސާކޮށްފައިވާ ޕޯސްޓުގައި ވަނީ ” އަހަރެން ދިރުހުރުމަކީވެސް ނަސީބެއްކަމުގައި ދެކެން، މީގެކުރިންވެސް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލުމަށްފަހު ސަލާމަތްވި. ކުރިއަށް އޮތް ތަނުގައިވެސް ގޮންޖެހުންތަކާއި ކުރިމަތިލާ ސަލާމަތްވާނަން.” ޝިލްޕާގެ މެސެޖްގައި ބުނެފައިވެއެވެ.

އަނޫރާގް ބާސޫ އާއި ގީތާ ކަޕޫރާ އެކު ސުޕަ ޑާންސަރ ގައި ޖަޖެއްގެ ރޯލުން ފެނިގެންދާ ޝީލްޕާ އަންގާރަ ދުވަހުގެ ޝޫޓިން އަށް ގޮސްފައިނުވާއިރު ބައެއް އިންޑިއާގެ މީޑިއާތަކުން ރިފޯޓްކޮށްފައިވާ ގޮތުން، ފުރިމީހާގެ މި އަމަލާއި ގުޅިގެން ޝިލްޕާއަށްވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އަދި މި ވަގުތު ދަރިންގެ ކަންކަމަށް ހާއްސަ ސަމާލުކަމެއްދީގެން ގޭގައި މަޑުކުރަން ޝިލްޕާ ބޭނުންވާކަމަށްވެސް ރިޕޯޓްތައްވަނީ ބުނެފައެވެ.