English Edition
Dhivehi Edition

ގދ. ތިނަދޫގައި އީދު ނަމާދަށް ދިޔަ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ، އެ މިސްކިތަށް ނަމާދަށް ދިޔަ މީހުން ކޮވިޑް19އަށް ޓެސްޓުކުރަން ނިންމައިފިއެވެ.

ތިނަދޫއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހާއަކީ އެ ރަށު މަސްޖިދުލް މަރްޔަމް އަށް އީދު ނަމާދަށް ދިޔަ މީހެކެވެ. ތިނަދޫ ކައުންސިލުން ބުނީ އެ މީހާ ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ މިސްކިތަށް ނަމާދަށް ދިޔަ މީހުންގެ ސާމްޕަލްތައް ނެގުމުގެ މަސައްކަތް މާދަމާ ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.

މިގޮތުން އީދު ނަމާދަށް ދިޔަ މީހުން ކޮވިޑަށް ޓެސްޓް ކުރުމަށް ސާމްޕަލްނެގުން މާދަމާ މެންދުރު 14:00 އިން 15:00 އަށް ތިނަދޫ ހޮސްޕިޓަލުގެ ގޯތިތެރޭގައި ކުރިއަށް ދާނެ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.