ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން އަޟްހާ އީދާ ދިމާކޮށް އެތެރޭގެ އުދުހުންތަކުގެ ދަތުރުތައް އިތުރު ކޮށްފިއެވެ. މި ގޮތުން އީދު ޗުއްޓީއާ ދިމާކޮށް މާލެ އިން ފުވައްމުލައް، އަދި ފުވައްމުލަކުން މާލެއަށް އިތުރު ފަސް ފްލައިޓް ބާއްވަން ވަނީ ނިންމާފައެވެ.
ކޮންމެ އަހަރެއްގެވެސް ބޮޑު ޗުއްޓީގެ ދުވަސްވަރު ފްލައިޓުން ޓިކެޓް ހޯދުމުގައި ގިނަ ދަތިތަކެއް ކުރިމަތިވެފައިވާއިރު މޯލްޑިވިއަން އިން މި ފަހަރު ދަތުރުތައް އިތުރުކޮށްފައި މި ވަނީ މި މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ.