English Edition
Dhivehi Edition

ގދ. ތިނަދޫގެ ކޮވިޑް އެކްޓިވް ކޭސް ސުމަކަށް ވެއްޓިއްޖެއެވެ.

ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ތަފާސް ހިސާބުތައް މިއަދު ދައްކާގޮތުން އެރަށުން އެންމެ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި ދެ މީހުން ވެސް މިހާރުވަނީ އެބަލިން ފަސޭހަވެފައެވެ.

އެހެންކަމުން އަހަރެއްހައި ދުވަސްފަހުން އެރަށުގެ ކޮވިޑު ކޭސްތަކުގެ ޢަދަދު ސުމަކަށް ވެއްޓުނު އިރު، މިއީ 2021 ވަނަ އަހަރުގެ އޭޕްރިލް މަހަށްފަހު ތިނަދޫގެ އެކްޓިވް ކޭސް ސުމަކަށް ވެއްޓުނު ފުރަތަމަ ފަހަރެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު، ތިނަދޫއިން މިހައިތަނަށް 2333 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މިއީ ހުވަދު އަތޮޅުން މިހައިތަނަށް އެންމެ ގިނަ ބަޔަކު އެއްރަށަކުން ކޮވިޑަށް ޕޮޒިޓިވް ވި ރަށް ވެސް މެއެވެ.

ކޮވިޑްގައި ވޭތުވެދިޔަ އަހަރެއްހައި ދުވަސްތެރޭ ތިނަދޫ ތިން ފަހަރެއްގެ މަތިން މޮނިޓަރިންގ ހާލަތަށް ގެނެސްފައިވާއިރު، މިއަހަރުގެ ކުރީ ކޮޅު ތިނަދޫގައި ކޮވިޑްގެ ހާލަތު ވަރަށްކަންބޮޑުވާ މިންވަރަށް ވެސް ދިޔައެވެ. އަދި ރެކޯޑު ޢަދަދަކަށް މީހުން ވަނީ ޕޮޒިޓިވެ ވެފައެވެ.

ތިނަދޫއިން ކޮވިޑްގައި ނިޔާވެފައިވަނީ ފަސް މީހުންނެވެ.