English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުދޫމީދޫ އާއި އެ ސިޓީގެ ގުޅިފައިވާ ރަށްތައް، ގުޅުވާލުމަށް އަޅާ ބްރިޖުގެ މަސައްކަތަށްވުރެ މުހިއްމު ކަންތައްތައް އެބަހުރިކަމަށާއި އެ ބްރިޖު އެޅުމަށް މިވަގުތު ހާލަތު ތަންނުދޭ ކަމަށް އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

އައްޑޫ ބްރިޖާއި ބެހޭ ގޮތުން ރޭ ކްލަބްހައުސްގައި ވާހަކަދައްކަމުން ނާޒިލް ވިދާޅުވީ މި ދައުރު ނިމުމުގެ ކުރިން ސަރުކާރަށް އައްޑޫ ސީޓީ ގައި ބްރިޖެއް އެޅޭނެ ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ. އުލަތުގެ އާމްދަނީގެ ހާލަތު މިހާރު އޮތީ 2014 ވަނަ އަހަރާއި ހަމައަށް ފަހަތަށް ގޮސްފައިކަން ފާހަގަކޮށް ނިޒާރު ވިދާޅުވީ މި ވަގުތު ސަރުކާރަށް ބްރިޖް ނޭޅޭނެ ކަމަށެވެ.

ފަސޭހަކޮށް ދަތުރުކުރެވޭނެ މަގާއި ބްރިޖު އަދި ސަބްމާރޖްޑް ކްރޮސިން ހަދައި އައްޑޫގެ ހުރިހާ އަވަށެއް ގުޅުވާލުމަކީ އައްޑޫ މީހުންގެ ވިސްނުންކަމުގައި އައްޑޫ ސިޓީގެ ކުރީގެ މޭޔަރ އަބްދުﷲ ސޯދިގް(ސޯބެ)ވަނީ ވިދާޅުވެފައެވެ، ސޯބެގެ އިތުރުން އައްޑޫ ސިޓީގެ މިހާރުގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ އަތޮޅުތަކާއި ސިޓީތަކުން ލިބޭ އާމްދަނީގެ ހިއްސާގެ ޕަސެންޓެއް އައްޑޫ ސިޓީ ކައުންސިލަށް ލިބޭ ނަމަ، އައްޑޫގައި ބްރިޖް އެޅޭނެކަމަށެވެ،