English Edition
Dhivehi Edition

ބަރަހަނާ ފިލްމުތަކެއް ހަދަމުންދާ މައްސަލައެއްގެ ތުހުމަތުގައި ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ ހައްޔަަރުކުރުމާއި ގުޅިގެން ޝިލްޕާ އޭނާގެ ބައެއް ޝޫޓިންތައް ކެންސަލްކޮށްފިއެވެ.

މި މައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް ޝިލްޕާ އެއްވެސް ވާހަކައެއް ދައްކާފައިނުވާއިރު، އަންގާރަ ދުވަހު އޮތް ‘ސުޕަ ޑާންސަރ ސީޒަން4’ ގެ ޝޫޓިންއަށްވެސް އޭނާ ގޮސްފައެއް ނުވެއެވެ. އަނޫރާގް ބާސޫ އާއި ގީތާ ކަޕޫރާ އެކު ސުޕަ ޑާންސަރ ގައި ޖަޖެއްގެ ރޯލުން ފެނިގެންދާ ޝީލްޕާ އެ ދުވަހުގެ ޝޫޓިން އަށް ގޮސްފައިނުވާއިރު ބައެއް އިންޑިއާގެ މީޑިއާތަކުން ރިފޯޓްކޮށްފައިވާ ގޮތުން، ފުރިމީހާގެ މި އަމަލާއި ގުޅިގެން ޝިލްޕާއަށްވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އަދި މި ވަގުތު ދަރިންގެ ކަންކަމަށް ހާއްސަ ސަމާލުކަމެއްދީގެން ގޭގައި މަޑުކުރަން ޝިލްޕާ ބޭނުންވާކަމަށްވެސް ރިޕޯޓްތައްވަނީ ބުނެފައެވެ.

ބަރަހަނާ ފިލްމުތަކެއް ހަދައި އެ އެއްޗެހި މޮބައިލް ޕްލެޓްފޯމެއްގައި ދައުރުކުރަމުންދާ ކަމުގެ ތުހުމަތުގައި ރާޖް ހައްޔަރުކޮށްފައިވަނީ ހޯމަ ދުވަހުއެވެ. އަދި މި މަހުގެ 23 ވަނަ ދުވަހާއި ހަމައަށް އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރު ނެރެފައެވެ.

މިކަމާ ގުޅިގެން މުމްބާއީ ޕޮލިސް ކޮމިޝަނުން މީޑިއާތަކަށް ދިން ބަޔާނެއްގައި ބުނީ ރާޖް ހައްޔަކުރީ އޭނާއާ ގުޅޭ ގޮތުން މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މުމްބާއީގެ ކްރައިމް ބްރާންޗަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި މިހާތަނަށް މި މައްސަލައާ ގުޅިގެން ހިންގި ތަހުގީގަށް އެނގިފައިވާ ގޮތުގައި ބަރަހަނާ ފިލްމު ހަދައި، މޮބައިލް އެޕެއްގައި ދައުރުކުރުމުގެ ފަހަތުގައި އިސްކޮށް ހުރީ ރާޖްއެވެ،