English Edition
Dhivehi Edition

ފިލްމު ‘ޔަހާން’ އިން 2005 ވަނަ އަހަރު ބޮލީވުޑަށް ތައާރަފްވި ބަތަލާ މިނިޝާ ލާމްބާ އޭނާގެ ލޯބިވެރިޔާ އާއި އެކު ނަގާފައިވާ ފޮޓޯތައް އާންމުކޮށް އެ ދެމީހުންގެ ގުޅުން ހާމަކޮށްފިއެވެ.

ކުރީގެ ބަތަލާ ޕޫޖާ ބޭދީއާ ދެބޭންގެ ދެދަރި ރެސްޓޯރަންޓް ވިޔަފާވެރިޔާ ރަޔަން ތަމް އާއި މަނީޝާގެ ފަސް އަހަރުވީ ކައިވެނި މިދިޔަ އަހަރު ރަސްމީކޮށް ނިމުމަކަށް ގެނެސްފައިވާއިރު މިހާރު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ދިއްލީ އަށް ނިސްބަތްވާ ވިޔަރާފެވެރިއެއް ކަމަށްވާ އާކާޝް މަލިކްއާ އެވެ. މި ދެމީހުން މި ވަގުތު ގޯއާގައި އެކީގައި ޗުއްޓީ ހޭދަކުރަމުން އަންނަ އިރު، އެކީގައި ނަގާފައިވާ ފޮޓޯތައް މިނިޝާ ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ.

މި ދެމީހުންގެ ގުޅުމާއި ބެހޭ ގޮތުން އެމީހުންގެ ވަރަށް ގާތް ފަރާތަކުން ބުނީ މި ދެ މީހުން ދިމާވީ މީގެ 17 ނުވަތަ 18 މަސް ކުރިންކަމަށެވެ. އަދި އޭރު ދެމީހުންގެ މެދުގައި އުފެދުނު އެކުވެރިކަން ލޯތްބަށް ބަދަލުވެފައިވާކަމަށްވެސް އެ ފަރާތުން ވަނީ ބުނެފައެވެ،

މިގުޅުމާއި ބެހޭ ގޮތުން މަނިޝާ ބުނީ މި ވަގުތު އުޅެމުންދަނީ ވަރަށް އުފާވެރި ގުޅުމެއްގައި ރަނގަޅު މީހަކާއި އެކުކަމަށެވެ، އަދި ކައިވެނި ރޫޅުމަކީ ދިރިއުޅުން ނިމުން ނޫންކަމަށާއި އަދިވެސް ލޯބިވުމުގެ އަދި ލޯބި ލިބުމުގެ ފުރުސަތު އެބައޮތްކަމަށެވެ.

ޓެގު