English Edition
Dhivehi Edition

ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން އަމަލުކުރަނީ އުސޫލާ އެއްގޮތަށްތޯ، އެ ރަށެއްގެ ކައުންސިލުން ބަލަންޖެހޭނެ ކަަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ރާއްޖޭގައި ކޮވިޑް19 ގެ ހާލަތު ރަނގަޅުވެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށަށް ދިއުމާއި ގުޅިގެން އެޗްޕީއޭ އިން ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. މި ގޮތުން ކޮވިޑް ނެތް ރަށްރަށަށް ކަރަންޓީނު ނުވެ 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ފަރާތަތަކަށް ދަތުރުކުރުމުގެ ހުއްދަވަނީ ދީފައެވެ،

އެހެންނަމަވެސް އީދު ބަންދާ ދިމާކޮށް ބައެއް ފަރާތްތަކުން ގަވާއިދާ ހިލާފަށް ވެކްސިން ފުރިހަމަ ނުކޮށް ދަތުރުކުރާ މައްސަލަތަކެއް ފެންމަތިވެފައިވާ މި ދަނޑިވަޅު، ރަށަށްރަށަށް ދާ މީހުންގެ ކަންކަން އެކަށީގެންވާ ގޮތެއްގައި ނުބެލޭކަމުގެ ޝަކުވާތައްވެސް ވަނީ އިތުރުވެފައެވެ.

މި ކަންބޮޑުވުންތަކާއި ގުޅިގެން އެޗްޕީއޭ އިން ބުނީ މީހުން ރަށްރަށަށް ދަތުރުކުރާ އިރު އެ ރަށެއްގެ ކައުންސިލަށް އަންގަންޖެހޭނެ ކަމަށާއި އަދި އެފަރާތްތަކުން ދަތުރުކުރަނީ އެޗްޕީއޭގެ އުސޫލާ އެއްގޮތަށްތޯ ކައުންސިލުން ބަލައި ޔަގީންކުރަންޖެހޭނެ ކަމަށެވެ.