English Edition
Dhivehi Edition
މާލެ ސިޓީ - ފޮޓޯ: މުޙައްމަދު އަފްރާޙް (ސަން)

މާލެ ސަރަހައްދުގައ ޒާތީ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަން ބެލުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިންސްޕެކްޝަނެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ގްރޭޓާ މާލޭގައި ހިންގަމުންދާ ޒާތީ ހިދުމަތްދޭ ތަންތަނުން (ސެލޫން، ސްޕާ ފަދަ ތަންތަން) އާންމުނަށް ހިދުމަތްދޭއިރު އެފަދަ ތަންތަނުގައި ސާފުތާހިރުކަމުގެ މިންގަޑުތައް ދަމަހައްޓާ ގޮތް ދެނެގަތުމަށްޓަކައި ކުރެވޭ ހާއްސަ އިންސްޕެކްޝަންތަކެއް މި ހިނގާ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުން ފެށިގެން 19 އަށް ކުރިއަށް ދާނެކަމަށެވެ.

އެހެންކަމުން އެ އިންސްޕެކްޝަންތައް ކުރިއަށް ގެންދާއިރު ސެލޫން އައި ސްޕާ ހިންގާ ފަރާތްތަކުން އެ ކަމަށް އެއްބާރުލެއްވުން ދެއްވުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

އެކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަ އެ އޭޖެންސީގެ ފޯނު ނަންބަރު 3024570 އަށް ގުޅުމަށް ވެސް އެ އެޖެންސީން ވަނީ އެދިފައެވެ.