English Edition
Dhivehi Edition
"ވިއަވަތި ރާއްޖެ" މަހާސިންތާގައި ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅުދައްކަވަނީ - ފޮޓޯ: މަޖިލިސް

އެމްޑީޕީއަށް ކޮންމެ ފަހަރަކުވެސްރިޔާސީ އިންތިހާބު ކާމިޔާބު ކުރެވެނީ ހަރުކަށި ފިކުރުގެ މީހުންގެ ވޯޓާއިއެކުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ‘ދަ ހިންދޫ’ އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމްޑީޕީއިން ތިން ފަހަރު ވާދަކޮށް، ދެ ފަހަރު އިންތިހާބު ކާމިޔާބުކޮށްފައިވާކަމަށެވެ.އަދި އެ އިންތިހާބުތައްވެސް ކާމިޔާބު ކުރެވުނީ ހަރުކަށި ފިކުރުގެ މީހުންގެ ވޯޓާއި އެކުގައި ކަމަށާއި އެމީހުންގެ ވޯޓާއި ނުލާ އިންތިހާބު ކާމިޔާބު ނުވާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަށް ހަރުކަށިފިކުރުގެ މީހުންގެ ސަބަބުން ބޮޑު ނުރައްކަލަކާއި ކުރިމަތިވެދާނެކަމަށް ދައްކަވާ ވާހަކަތައް ތަކުރާރުކުރައްވަމުން ރައީސް ނަޝީދު ވަނީ އަފްއާނިސްތާނު މިހާރު އޮތް ހާލުން މިސާލު ދައްކަވާފައެވެ.

އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަން އުފެދިފައިވާ މި ދަނޑިވަޅު ރައީސް ނަޝީދު ވަނީ އެމްޑީޕީ އަށް އާއިއްތިހާދެއް ބޭނުންވާކަމަށާއި އެ ޕާޓީއާއި އެއެކު އިއްތިހާދުވާނެ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭނެ ޝަރުތުތައް ހާމަކޮށްފައެވެ.