English Edition
Dhivehi Edition
މެޑިކަލް އޮފިސަރ ޑރ. މުރުޝެދު ޗޯވްދްރީ ކޮވިޑް-19 އިން ދިފާޢުވާ ކޮވިޝީލްޑް ވެކްސިން ޖައްސަވަނީ ފޮޓޯ: ފުވައްމުލަކު ހޮސްޕިޓަލް

ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 50 ޕަސަންޓު މީހުން ކޮވިޑް19 ވެކްސިން ފުރިހަމަކޮށްފި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، މިހާރު މުޅި ރާއްޖެއިން ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 50 އިންސައްތައަށް ވުރެ މައްޗަށް އަރާކަމަށާއި މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ،

އިތުރަށް ޑރ.ނަޒްލާ ވިދާޅިވީ އިއްޔެ އެކަނިވެސް މާލެ ސަރަހައްދުން 3343 މީހުން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހާފައިވާކަމަށެވެ. އަދި އަތޮޅު ތެރޭގެ 2482 މީހަކާއި، ރިސޯޓްތަކުން 541 މީހަކު ކޮވިޝީލްޑް ވެކްސިން ޖަހާފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. މީގެ އިތުރުން އިއްޔެ 622 މީހަކު ސިނޮފޯމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރި، 384 މީހަކު ވަނީ ދެވަނަ ޑޯޒް ޖަހާފައެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް ރާއްޖެއިން ޖުމްލަ 242،370 މީހަކު ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ.