English Edition
Dhivehi Edition

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާގުޅިގެން، 08 ޖުލައި 2021 އިން ފެށިގެން މުދާ ވިއްކާ ތަންތަނުން އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންނަނުން ޢަމަލުކުރަންވީ ގޮތް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން އިއުލާންކޮށްފިއެވެ.

މިއަދު އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ 08 ޖުލައި 2021 އިން ފެށިގެން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ޢާންމުންނަށް ހުޅުވާލައިގެން ޚިދުމަތް ދެވޭނީ، ފަތިހު 4:00 އިން ރޭގަނޑު 11:30 އާ ދެމެދު ކަމަށެވެ. އަދި މުދާ ވިއްކާ ތަންތަން ޢާންމުންނަށް ހުޅުވާލައިގެން ޚިދުމަތް ދެވޭނީ، ފަތިހު 5:00 އިން ރޭގަނޑު 11:00 އާ ދެމެދުކަމަށެވެ.

މީގެއިތުރުން މުދާ ވިއްކާ ތަންތަނުން، އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން 24 ގަޑިއިރު ޑެލިވަރީގެ ޚިދުމަތް ދެވިދާނެކަމަށް މި އިއުލާނުގައިވަނީ ބަޔާންކޮށްފައެވެ. އަދި މުދާ ވިއްކާ ތަންތަނާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެ މިނިސްޓްރީންވަނީ އިލްތިމާޒުކޮށްފައެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ގިނަ ފިޔަވަޅުތަކައް މިއަދުން ފެށިގެން ބޮޑެތި ލިއިތަކެއް ވަނީ ދީފައެވެ.