English Edition
Dhivehi Edition

ކުރިއަށް އޮތް ރަމަޟާން މަހާއި ފިޠުރުޢީދު ނިމެންދެން މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަށް ބަދަލު ގެނެސްފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އިން ހާމަކުރި ގޮތުގައި، އޭޕްރީލް 01 އިން ފެށިގެން ރަމަޟާންމަސް ފެށެންދެން މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5.30 އިން މެންދަމު 12:00 އަށެވެ. ނަމަވެސް ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ޝައްވާލްމަހުގެ 7އާއި ހަމަޔަށް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ހެނދުނު 8:00 އިން މެންދަމު 12:00 އަށެވެ. މިއީ މިހާރު މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް އެޗްޕީއޭ އިން ލުއިދިނުމާއި ގުޅިގެން ގެނެވުނު ބަދަލެއްކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

މުދާ ވިއްކާ ތަންތާނގެ ޚިދުމަތް ދޭ ގަޑިއަށް މި ބަދަލު ގެނައިކަމުގައިވިޔަސް މިހާރެކޭ އެއްގޮތަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލުތަކުގައިވާ ގޮތަށް ކޮވިޑް 19 އިން ރައްކާތެރި ވުމުގެ ހުރިހާ ފިޔަވަޅުތަކަކަށް ޢަމަލުކުރުމަށް މިނިސްޓްރީން އެދިފައިވެއެވެ.