English Edition
Dhivehi Edition
ފޮޓޯ ބީއެމްއެލް

އަންހެނުންނަށް ޚާއްސަކޮށްގެން “އެމްޕަވަރިން ވިމެން އޮންޓްރަޕްރިނިއަރސް ތްރޫ ޑިޖިޓަލް ޓްރާންސްފޮމޭޝަން” ގެ ނަމުގައި ކުދި، އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރަން ދަސްކޮށްދޭ ތަމްރީނެއް ބޭއްވުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ތައްޔާރުވެއްޖެއެވެ.

އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ އދ. ގެ އޭޝިއާ ޕިސިފިކްގެ އިޤްތިޞާދީ އަދި އިޖުތިމާއީ ކޮމިޝަން (ޔޫއެން އެސްކެޕް)ގެ އައި.ސީ.ޓީ ތަރައްޤީ ކުރުމާބެހޭ އޭޝިއާ ޕެސިފިކް ސެންޓަރ (އޭ.ޕީ.ސީ.އައި.ސީ.ޓީ) އާ ގުޅިގެން އެ މިނިސްޓްރީން، ރާއްޖޭގައި ކުދި، އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިކުރާ އަންހެނުންނަށް ހާއްސަކޮށް ވިޔަފާރި ތަރައްޤީކޮށް ފުޅާ ކުރުމަށްޓަކައި ޑިޖިޓަލް ވަސީލަތްތައް ބޭނުން ކުރާނެ ގޮތްތައް ދަސްކޮށްދިނުމަށް ތަމްރީނެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވިޔަފާރި ތަރައްޤީކޮށް ފުޅާކުރެވޭނެ މުހިންމު ގޮތްތަކެއް ދަސްކޮށްދޭ މުޅި މި ތަމްރީނު ކުރިއަށްދާނީ އިނގިރޭސިން ކަމުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ބުނެފައިވެއެވެ.

މި ހިނގާ ޑިސެމްބަރު މަހުގެ 14 އިން 16 އަށް ކުރިއަށްދިއުމަށް ހަމަޖެހިފައިވާ މި ތަމްރީނުގައި ބައިވެރިވާން އެދޭ ފަރާތްތަކުން https://forms.gle/Mz1wrLnWoV2ZCyQ89 ލިންކު މެދުވެރިކޮށް ރެޖިސްޓްރީވުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

ތަމްރީނުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 9 ޑިސެމްބަރު 2024 އެވެ.

މި ތަމްރީނާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ގުޅާނީ އެމިނިސްޓްރީގެ ޖެންޑާ އެފެއާޒް ޑިޕާޓްމަންޓުގެ ސީނިއާ ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ އައިޝަތު އަފާ 7460002 އަށެވެ.