English Edition
Dhivehi Edition
18 ޖުލައި 2020 ވަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓުގައި ބަންގްލަދޭޝަށް ފުރި އެޤައުމުގެ ބައެއް ރައްޔިތުން - ފޮޓޯ: މޯލްޑިވިއަން

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީންގެ ވާރކް ޕާރމިޓް ހޯދުމަށްޓަކައި ހައްދަންޖެހޭ “މެޑިކަލް އެގްޒެމިނޭޝަން ފޯރ ވާރކް ޕާރމިޓް” ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން މިއަދުން ފެށިގެން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީވުމަށް އަންގައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައިވާ ގޮތުން ވާރކް ޕާރމިޓް ހޯދުމަށްޓަކައި ހައްދަންޖެހޭ “މެޑިކަލް އެގްޒެމިނޭޝަން ފޯރ ވާރކްޕާރމިޓް” ހެއްދުމުގެ ޙިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި އެ ޚިދުމަތް ފޯރުކޮށްދޭ ފަރާތެއް ކަމުގައި މިނިސްޓްރީ އޮފް ހެލްތް އިން ހުއްދަ ލިބިފައިވާ ފަރާތެއްކަމުގައިވުމާއި، ރަޖިސްޓްރީ ވުމަށް އެދޭ ފޯމް ފުރިހަމަކޮށް ހުށަހަޅާއިރު މިނިސްޓްރީ އޮފް ހެލްތުން ދޫކޮށްފައިވާ “މެޑިކަލް އެގްޒެމިނޭޝަން ފޯރ ވާރކް ޕާރމިޓް” ގެ ލިޔުން ހުށަހެޅުން އަދި އެ ޚިދުމަތް ފޯރު ކޮށްދޭ ފަރާތްތަކުން އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާ އިންތިޒާމްގެ ތެރެއިން “މެޑިކަލް ރިޕޯޓް” މިނިސްޓްރީއާ ހިއްޞާ ކުރެވޭނޭ ފަރާތެއްކަމުގައިވުން ހިމެނެއެވެ.

އެކަމަށް ރަޖިސްޓްރީ ވުމަށް އެދޭ ފޯމް އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް، “ވަރކް ޕަރމިޓް މެޑިކަލް ސަރވިސް ޕްރޮވައިޑަރ ރެޖިސްޓްރޭޝަން އެޕްލިކޭޝަން” ހުށަހަޅައިގެން، ރަޖިސްޓްރީވުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އަންގައިފައެވެ.