English Edition
Dhivehi Edition

މާލެއިން ރަށްރަށަށް ދަތުރު ކުރުމާ ގުޅިގެން މިހާރު ހޯމް ކަރަންޓީންގައި ތިބި ފަރާތްތަކުގެ ތެރެއިން ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ ފަރާތްތަކަށް ލުއިތަކެއް ދިނުމަށް އެޗްޕީއޭއިން ނިންމައިފިއެވެ.

މިއަދު އެޗްޕީއޭ އިން ކުރި އިއުލާނެއްގައި ބުނީ ރަށްރަށަށް ދަތުރު ކުރުމާ ގުޅިގެން މިހާރު ހޯމް ކަރަންޓީންގައި ތިބި ފަރާތްތައް ކޮވިޑަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވާ ފަރާތްތައް ކަރަންޓީނުން ދޫކޮށްލުމަށް ނިންމާފައިވާކަމަށެވެ. އަދި މިހާރު ހޯމް ކަރަންޓީންގައި ތިބި ވެކްސިން ނުޖެހޭ އުމުރުފުރާގެ ކުދިން ވެސް ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކު ކަރަންޓީނުން ދޫކޮށްލުމަށް ނިންމާފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މީގެ އިތުރަށް އެޗްޕީއޭއިން ބުނީ ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކުގެ ތެރެއިން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކޮވިޑް-19 އިމަރޖެންސީ ޔޫސް ލިސްޓިން އަށް ހުއްދަ ދީފައިވާ ވެކްސިނެއް ފުރިހަމަކޮށް، 14 ދުވަސް ހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން، ރާއްޖެއިން ބޭރުން އައިސް މިވަގުތު ކަރަންޓީނުގައި ތިބި މީހުންނަށްވެސް ލުއިތަކެއް ދިނުމަށް ނިންމާފައިވާކަމަށެވެ. މި ގޮތުންކަރަންޓީނުގެ ހަތް ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކުން ޕީސީއާރް ޓެސްޓު ހަދައި ނެގެޓިވް ނަތީޖާ ލިބުމުން ކަރަންޓީނުން ދޫކުރެވޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. .

ޓެގު