English Edition
Dhivehi Edition

ކޮވިޑް19 އާ ގުޅިގެން މާލޭގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް ދޭން ނިންމާ ދިނުމަށް ހަމަޖެހިފައިވާ ލުއިތައް މިއަދު އިއުލާންކުރަން ނިންމައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ކޮވިޑް 19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ދޭ ލުއިތައް އިއުލާނު ކުރުމަށް މިއަދުގެ 2:30 ގައި ޕްރެސް ކޮންފަރެންސް އެއް ބާއްވާނެ ކަމަށެވެ މިއަދު ބޭއްވުމަށް ނިންމާފައިވާ މި ޕްރެސްގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް އާއި ހެލްތް އެމަޖެންސީ އޮފަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ބައިވެރިވެވަޑައިގަންނަވާނެއެވެ.

މާލެ ސަރަހައްދުން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑު ތަނުން މަދުވެފައިވާއިރު، ރާއްޖެއިން ކޮވިޑްޖެހިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 3148 އެވެ. މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނީ 25 މީހުންނަށެވެ.