English Edition
Dhivehi Edition

ރ. އިނގުރައިދޫ ގައި ކަރަންޓީނުގައި ހުރި މީހަކު އުސޫލާއި ހިލާފަށް ބޭރަށް ނުކުމެ ފުލުހުންގެ މަރުކަޒަށް ގެއްލުން ދީފި އެވެ.

ފުލުހުން ބުނީ، އިނގުރައިދޫގައި ކަރަންޓީންގައި ހުރި މީހަކު މިއަދު ހަވީރުގެ ވަގުތެއްގައި ކަރަންޓީން އުސޫލާއި ހިލާފަށް ބޭރަށް ނިކުމެ ޕޮލިސް ސްޓޭޝަނަށް ގެއްލުން ދީފައިވާ ކަމަށެވެ. އަދި މި މައްސަލަ އާއި ގުޅިގެން 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ.

ކަރަންޓީނު އުސޫލާއި ހިލާފުވުމާއި ގުޅިގެން -/10000 ރުފިޔާ އިން ޖުރިމަނާކޮށްފައިވާއިރު މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުންވަނީ ބުނެފައެވެ،