English Edition
Dhivehi Edition

ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީ ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓްކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ، އެމްޑީޕީގެ މެމްބަރުކަމުން ވަކިކުރަން އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން ނިންމައިފި އެވެ.

އިންޑިއާގެ އެމްބަސީ ގޮއްވާލާނެކަމަށް ބުނެ ‘ރޯޔަލް ހަސަންތަކުރު’ ގެ ނަމުގައި ކާކުކަން ނޭނގޭ މީހެއްގެ އެކައުންޓަކުން ޓުވުޓްކޮށްފައިވަނީ މުހައްމަދު އިނާދު ނަމަކަށް ކިޔާމީހެކެވެ، އިނާދުއަކީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި މައްޗަންގޮޅި ދެކުނު ދާއިރާގެ ޕްރައިމަރީގައި ވާދަކުރުމަށް ވެސް ހުށަހެޅި މީހެކެވެ.

މި މައްސަލަ އާއި ގުޅިގެން އެމްޑީޕީއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓްކުރި މައްސަލަ އާއި މެދު ކަންބޮޑުވުން ފާޅުކޮށް، އެކަން ކުށްވެރިކޮށްފަ އެވެ.ޓެރަރިޒަމް ފަދަ ބޮޑެތި ކުށްތައް އެއްވެސް މިންވަރަކަށް ބަލައިނުގަންނާނެކަން ފާހަގަކޮށް އެމްޑީޕީ އިން ބުނީ އެފަދަ ނުރައްކާތެރި ކަންކަން ކުރާނެ ކަމުގެ އިންޒާރުދީ، މީހުންނަށާއި މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލާ މިފަދަ ކުށްތަކަށް ތަރުހީބު ދިނުމަކީ ޖިނާއީ ކުށެއްކަމަށެވެ،.

އިތުރަށް އެ ޕާޓީން ވަނީ މިފަދަ ކުށްތަކަށް އަރައިގަންނަން އިންޒާރުދީ. ހިތްވަރުދޭ ފަރާތްތަކާ މެދު އަވަސް އަދި ފުރިހަމަ ތަހުގީގެއް ހިންގައި ކުށްވެރީންނަށް ހައްގު އަދަބު ލިބިދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފައެވެ، މީގެ އިތުރަށް އެ ޕާޓީންވަނީ މުހައްމަދު އިނާދުގެ ތަހުގީގަށް ބަލައި، އޭނާ އެމްޑީޕީގެ މެމްބަރުކަމުން ވަކިކުރުމަށް ނިންމާފައެވެ.