English Edition
Dhivehi Edition

މަހަށް ނިކުމެ އުޅުނު އައްޑޫ ސިޓީގެ، މަސްދޯންޏެއް ބިންދައިގެން ހިނގައްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މި ދޯނި ބިންދައިގެން ދިޔައީ ގއ. އަތޮޅުގެ އެތެރެވަރީގައި އެންދަމަން އުޅުމުގެ ތެރޭގައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ގއ.ދެއްވަދޫގެ އުތުރުން 8.95 ނޯޓިކަލް މޭލު ބޭރުގައި 25 މީހުންނާއިއެކު މަސްވެރިކަން ކުރަމުން ދިޔަ “މޯހިރި” ނަމަކަށް ކިޔާ ފައިބަރު ދޯނި މޫސުން ގޯސްވެ މެދުން ބިންދައިގެން ދިޔަކަމުގެ މައުލޫމާތު ސިފައިންނާއި ހިއްސާކޮށްފައިވާކަމަށެވެ.

މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައި ވަނީ މިއަދު ހެނދުނު 07:11 ގައެވެ. ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކޯސްޓްގާޑުގެ ސިފައިން ފަށާފައިވާއިރު މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.