English Edition
Dhivehi Edition

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ ލެކްޗަރާ އައްޝައިހް އަލީ ޒައިދު ކޮށްފައިވާ ޓުވިޓަކާއި ގުޅިގެން އެމްއެންޔޫ އިން ފިޔަވަޅު އަޅައިފިއެވެ.

އެމްއެންޔޫ އިން އަލީ ޒައިދު އާއި ދެކޮޅަށް ފިޔަވަޅު އަޅާފައި މިވަނީ އެ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު ގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފު ވެސް ވަޒީފާއިން ވަކިކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޝެއިހް އަލީ ޒައިދުކޮށްފައިވާ ޓުވިޓަކާއި ގުޅިގެން އޭނާ އާއި މެދު ފިޔަވަޅު އަޅާފައިވާއިރު، އެ ޔުނިވާސިޓީން އޭނާއަށް ދެ ފިޔަވަޅެއް އަޅާފައިވެއެވެ.

މިއަދު ޝެއިހް އަލީ ޒައިދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އެމްއެންޔޫގައި އޮންނާނީ ފަސް ފިޔަވަޅު ކަމަށާއި އެއީ އަނގަބަހުން ނަސޭހަތް ދިނުމާއި، ލިޔުމުން ނަސޭހަތް ދިނުމާއި. އިންޒާރު ދިނުމާއި ސަސްޕެންޝަން އަދި ކަނޑާލުން ކަމަށެވެ.

އިތުރަށް ޝެއިހް އަލީ ޒައިދު ވިދާޅުވީ، އޭނާ ކުރި ޓްވީޓްތަކަކާއި ގުޅިގެން ދެ ފަހަރެއްގެ މަތިން ވަރަށް ބާރު ސްޕީޑްގައި، ޔުނިވާސިޓީން އޭނާ އާއި މެދު ދެ ފިޔަވަޅެއް އަޅާފައިވާ ކަަމަށެވެ.

ޝެއިހް އަލީ ޒައިދަށް ފިޔަވަޅު އަޅާފައިވާކަމަށް ވިދާޅުވެފައިވާއިރު، އޭނާ އާއި މެދު ފިޔަވަޅު އެޅީ ކޮން އިރަކުކަމެއް އަދި އެޅާފައިވަނީ ކޮން ފިޔަވަޅުތަކެއް ކަމެއް ހާމަކޮށްފައެއްނުުވެއެވެ.