English Edition
Dhivehi Edition

އެހެނިހެން އިސްލާމީ ގައުމުތަކާއި އެއްފަދައިން ރާއްޖޭގައިވެސް ބަރަހަނާ ސައިޓްތައް ބްލޮކް ކުރުމަށް ޝައިޚް އަލީ ޒައިދު ގޮވާލައިފިއެވެ.

ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގިރް އާއެކު ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ޖިންސީ ގުޅުން ހިންގާފައިވާއިރު. މި މައްސަލަ އާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

 

މި ގޮތުން ޝައިޚް ޒައިދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މީހުންނާއި ކައިވެނިކޮށް ދަރިންވެސް ތިބި މީހުން ލިވާތަށް ދާންޖެހޭ ސަބަބެއް އެއްގޮތަކަށްވެސް ނުވިސްނޭކަމަށެވެ. ” ނަފްސުގެ ނުތާހިރުކަން ހަމަހައްދުން ނެއްޓެނީ. އެހެނިހެން އިސްލާމީ ގައުމުތައް ހެން އެޑަލްޓް ސައިޓްތައް ވަގުތުން ވަގުތަށް ބްލޮކްކުރުމަށް ސަރުކާރަށް ގޮވާލަން” ޝައިޚް ޒައިދު ވިދާޅުވިއެވެ.

ޝައިޚް ޒައިދުކުރެއްވި އިތުރު ޓުވިޓެއްގައި ވިދާޅުވީ ލާދީނީ ފިކުރު ބޭޒާރުވެއްޖެކަމަށާއި ލާދީނީ ފިކުރު ހުރި ލެވެލްވެސް އެންމެންނަށް ފަޟީޙަތްވެއްޖެކަމަށެވެ. “އަމިއްލަ ޖަމާޢަތުގެ ތެރޭވެސް ތާއީދު ސުމަކަށް ވެއްޓިއްޖެ! އެހެންނޫންތޯވާނީ އިސްލާމް ދީނުގެ އަސާސްތަކަށް ފާޑުކިޔާ ހިތުހުރިހާ ގޮތަކަށް އުޅެންޏާ! އެންމެފަހުން ލިވާތު ދިފާޢުކޮށްގެން ނިމިގެން އެދަނީ!” ޝައިޚް ޒައިދު ވިދާޅުވިއެވެ.