English Edition
Dhivehi Edition
ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޑެވެލީގެ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: އެމްޑީޕީ

އިންޑިއާ އާއި ގުޅޭ ގޮތުން ދައްކަވާ ފިތުނަވެރި އަދި ބޭއަދަބީ ވާހަކަތައް ހުއްޓާލަން ޖެހޭކަމަށް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ރާއްޖެ އަޅުވެތިކުރަމުންދާކަމަށް ތުހުމަތުކޮށް ގިނަ ބަޔަކު އިންޑީއާއަށް ފާޑުކިޔަމުން އަންނަ މި ދަނޑިވަޅު ‘އިންޑިއާ އައުޓް’ގެ ނަމުގައި ކެމްޕެއިނެއްވެސް އަންނަނީ ކުރަމުންނެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނަށް އިންޑިއާއިން ނުފޫޒު ފޯރުވުމަށް މަސައްކަތްކުރަމުން އަންނަކަމަށް ގިނަ ބަޔަކު ތުހުމަތުކުރަމުން އަންނައިރު ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާއި އެ ތަނުގެ އިސްވެރިންގެ ކަރާމަތަށް ރާއްޖޭގެ ބައެއް މީޑިއާތަކުންނާއި. މީސް މީޑިއާ ޕޯސްޓްތަކުން އަރައިގަންނަކަމަށްބުނެ، އެކަން ހުއްޓުވަން ފިޔަވަޅު އަޅައިދޭން އިންޑިއާ ހައިކޮމިޝަނުން ވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ސިޓީއެއްވެސް ފޮނުވާފައެވެ.

މި މައްސަލަ ހޫނުވެފައިވާ މި ދަނޑިވަޅު ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އެންމެ ބޮޑަށް ވަކާލާތުކުރެއްވި ރައީސް ނަޝީދު ވިދާޅުވީރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާއި ގުޅޭ ގޮތުން ދައްކާ ވާހަކަތައް ހުންނަން ޖެހޭނީ ވަކި ހަމަތަކެއްގައިކަމަށެވެ. އަދި ސަރުކާރާއި އެމްޑީޕީގެ ވާދަވެރިން އިންޑިއާ އާއި ގުޅޭ ގޮތުން ދައްކަވާ ފިތުނަވެރި އަދި ބޭއަދަބީ ވާހަކަތައް ހުއްޓާލަން ޖެހޭ ކަމަށް ރައީސް ނަޝީދު ކުރެއްވި ޓުވީޓްގައި ވިދާޅުވިއެވެ.

 

1 ކޮމެންޓް
ސަރުކާނު
ޖުލައި 2, 2021
ފިތުނަވެރިވާހަކައެއް ނުދައްކާ. ޤައުމަށް ހެޔޮއެދޭތީ އެވާހަކަދައްކަނީ. ދިވެހިންނާ އިންޑިއާގެ ގާތް ގުޅުމަށް ބުރޫއަރަންފެށީ މުހައްމަދު ނަޝީދުގެ ވެރިކަމުން ފެށިގެން، އަމިއްލަ އެދުމުގެ ކުރިމަތީގަ ޤައުމާ ދީން ވިއްކާލަނީ.