English Edition
Dhivehi Edition

ޏ. ފުވައްމުލަކުގައި ހިނގި މާރާމާރީއެއްގެ މައުލޫމާތު އެނގޭ ފަރާތެއް ވޭތޯ ބަލުމަށް، ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ

ފުލުހުން މައުލޫމާތު ހޯދަމުން ދަނީ 26 ޖޫން 2021 ވަނަ ދުވަހު ހަވީރުގެ ވަގުތެއްގައި ޏ. ފުވައްމުލަކު ދިގުވާނޑު އަވަށުގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ ނަރުދަމާ ޕަންޕު ސްޓޭޝަން ކުރިމަތިން، މުޙައްމަދު ޖަމާލުއްދީން ނައިބު ތުއްތު މަގުގައި ހިނގި މާރާމާރީއަކާއި ގުޅިގެންގެންނެވެ.

މި މާރާމާރީ އާއި ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ، ނުވަތަ މަންޒަރު ދުށް ފަރާތެއް ވާނަމަ، ނުވަތަ އެ މާރާމާރީއާ ގުޅޭ ފޮޓޯ/ވީޑިއޯ ހުރި ފަރާތެއް ވާނަމަ، ޏ. ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792803 އަށް ގުޅުއްވައި ހިއްސާކޮށްދިނުމަށް ފުލުހުންވަނީ އެދިފައެވެ،

މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ