ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކެއް ލުއިތަކެއް ދެވޭނީ ރާއްޖޭގެ 70 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހީމް ސޯލިހް ވިދާޅުވީ ކޮވިޑް19 އިން ދިފާއުވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންނަށް ލުއި ދިނުމާއި ގުޅޭގޮތުން ޓެގް ޓީމާއެކު މަޝްވަރާކުރެވުނު ކަމަށާއި ނަމަވެސް އެކަމާއި މެދު ގޮތެއް ނިންމިފައި ނުވާކަމަށެވެ.
މިކަމާއި ގުޅިގެން ހެލްތް މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވީ، ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ލުއިތަކެއް ދިނުމުގައި ހުރަސްތަކެއް އެބަ ހުރި ކަމަށެވެ. އެއީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހުންގެ ނިސްބަތް ކުޑަވުމުން ކަން ފާހަގަކޮށް ނަސީމު ވިދާޅުވީ، ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވަނީ 38 ނުވަތަ 40 އިންސައްތަ ކަމަށެވެ. އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށްވެސް ލުއިތަކެއް ދެވޭނީ ރާއްޖޭގެ 70 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކުރުމުން ކަމަށް ނަސީމު ވިދާޅުވިއެވެ.
އިތުރަށް ނަސީމު ވިދާޅުވީ މުޅި ރާއްޖެއިން 75 އިންސައްތަ މީހުންނަށް ވެކްސިން ޖެހިފައި އޮތްނަމަ، ލުއިތަކެއް ދިނުމަކީ ކުރެވިދާނެކަމަށް ކަމަށެވެ،