English Edition
Dhivehi Edition

ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން މާލެ ސަރަހައްދުގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި ފެށޭ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދިނުމަށް ހަމަޖެހިފައިވާ ލުއިތައް އިއުލާންކުރައްވާފައެވެ.މި ގޮތުން:

  • ކާފިއު ގަޑި ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް ހެދުމާއި ކާފިއު ނޫން ގަޑިތަކުގައި ފާސް ނެތި ބޭރުގައި އުޅެވޭނެ ގޮތަށް ހެދުން
  • މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވޭ ގޮތަށް ހެދުން (ޖަމާއަތުގައި ނަމާދު ކުރެވޭނީ ގައިދުރުކޮށްގެން.)
  • ކާފިއު ނޫން ވަގުތުތަކުގައި ހުރިހާ ވިޔަފާރިއެއް ހުޅުވައިގެން ހިދުމަތް ދެވޭ ގޮތަށް ހެދުން
  • ކޮވިޑް ޖެހިގެން ރަނގަޅުވާ މީހުން 60 ދުވަސްތެރޭ ކަރަންޓީނާ ނުލައި އެ ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ ދިނުން

ކޮވިޑް19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރީ މެއި މަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވުމާއި ގުޅިގެންނެވެ.