English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫ އިން އިތުރު 7 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ އެ އަވަށުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ 133ކަށް އަރައިފިއެވެ.

އައްޑޫ އީއޯސީ އިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާލާއިރު މިއަދު ހިތަދޫ އިން ޕޮޒިޓިވްވެފައިވަނީ 4 ދިވެހިންނާއި 3 ބިދޭސީންނެވެ. މީގެ ތެރެއިން ހަ މީހުންނަކީ ބައްޔަށް ޕޮޒިޓިވްވެފައިވާ ފަރާތެއްގެ ޑައިރެކްޓް ކޮންޓެކްޓުންނެވެ. އަދި ޕޮޒިޓިވްވި އެކަކަކީ އެ އަވަށުން ނެގި ރެންޑަމް ސާމްޕަލަކުން ޕޮޒިޓިވްވި މީހެކެވެ.

އައްޑޫ ސިޓީއިން ޖުމްލަ 458 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވި އިރު 319 މީހަކުވަނީ ބަލިން ފަސޭހަވެފައެވެ. އައްޑޫގެ ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދު ޖުމްލަ 137ކަށް އަރާފައިވާއިރު ހިތަދޫގެ އިތުރުން މަރަދޫގައިވެސް ކޮވިޑްގެ 04 އެކްޓިވް ކޭސް ވަނީ ފެނިފައެވެ.

އައްޑޫގައި މިހާރުވެސް ދެ މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އެ ސިޓީ އިން ކޮވިޑް ޖެހިގެން ދެ މީހަކު ވަނީ ނިޔާވެފައެވެ.

1 ކޮމެންޓް
ސުވާލަ؟
ޖޫން 26, 2021
ކިތައް ވެެރިން ރަނގަޅަ ވެގެ؟