English Edition
Dhivehi Edition
ގޯތި ދިނުމަށްޓަކައި ހިތަދޫގައި ބިން ސާފުކުރުމުގެ މަސައްކަތް ކުރިއަށްދަނީ/ފޮޓޯ ކޮންސްޓްރަކްޝަން މިނިސްޓްރީ

އައްޑޫސިޓީ ހިތަދޫއިން ދޫކުރާ ބިމުގެ ތެރެއިން މިހާތަނަށް ގުރު ނަގާފައިވާ ބިންތައް ހިމެނޭ ސަރަޙައްދުގެ ތެރެއިން 250000 އަކަފޫޓުގެ ސަރަޙައްދެއް ސާފުކޮށްފިއެވެ.

ހިތަދޫއިން ގޯތި ދޫކުރަން ހަމަޖެހިފައިވާ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުންދަނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ އައްޑޫ ސިޓީގެ ޕަބްލިކް ވާރކްސް ޔުނިޓުން ނެވެ.

ސާފުކުރަމުން ދަނީ ، ހިތަދޫއިން ގޯތިދިނުމަށް ކަނޑައަޅާފައިވާ، ހިތަދޫ ސްޓޭޑިއަމާއި ފުލެޓް ސަރަޙައްދާއި އަދި ހިތަދޫ އޭ.އީ.އެޗް ހޮސްޕިޓަލް ކައިރިން ހަވާލުކުރާ ގޯތި ހިމެނޭ ސަރަޙައްދުތަކެވެ . މި ތަންތަން ސާފުކުރުމުގެ މަސައްކަތް އައްޑޫ ސިޓީގެ ޕަބްލިކް ވާރކްސް ޔުނިޓާއި ރަސްމީކޮށް ޙަވާލުކުރެވިފައި ވަނީ މެއި 2024 ގައެވެ.

ސާފު ކުރެވޭ ސަރަޙައްދުތަކުން ގޯތި ލިބިފައިވާ ފަރާތްތަކަށް އައްޑޫސިޓީ ކައުންސިލުން ގެންދަވަނީ ބިން ކަނޑައިދީ އެގްރިމެންޓްގައި ސޮއިކޮށް ވަގުތީ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެސަރަޙައްދުން މިވަގުތު 500 ބިމެއްގެ ގުރުއަތު ނަގާފައިވާއިރު މިތަނުން ދޫކުރެވޭ ބިންތަކުގެ ބޮޑުމިނަކީ 1500 އަކަފޫޓެވެ.