English Edition
Dhivehi Edition

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ 241 ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީއަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އިލްޔާސް ލަބީބް, ހާޒިރުކޮށްފިއެވެ،

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދައަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުން މަޖިލީހުގެ އިންކުއަރީއަށް އިލްޔާސް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ މިއަދު ހެނދުނު 10:00 ޖަހާކަށް ހާއިރުއެވެ.

މިއަދު އިލްޔާސް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މިދިޔަ ހަފްތާގައި 241 ކޮމިޓީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފައިވާކަމަށެވެ. އަދި މިއަދު ކޮމިޓީއަށް ހާޒިރުވެވަޑައިގެން އޭނާ ބަޔާން ދެއްވާފައިވާކަމަށްވެސް އިލްޔާސްވަނީ ވިދާޅުވެފައެވެ.

އިންކުއަރީއަށް އިލްޔާސް ހާޒިރުކުރި އިރު، އޭނާ ވަނީ ނަޝީދަށް ހަމަލާއެއް ދޭން ރާވާކަމުގެ މައުލޫމާތު ލިބިގެން އެކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ ސަމާލުކަމަށް ގެންނެވި ކަމަށް ވިދާޅުވެފައެވެ.

އިލްޔާސް ވަނީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން، ތަހުގީގަށް ދޭންޖެހޭ މައުލޫމާތާއި އެއްބަރުލުން ދެއްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.