ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަބްދުލްއަފޫރު އިބްރާހީމް އަވަހާރަވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން އަބްދުލްއަފޫރު އިބްރާހީމް އަވަހާރަވެފައިވަނީ މިއަދުގެ ވަގުތެއްގައި ސްޓްރޯކެއް ޖެހިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ފ. އަތޮޅު މެންބަރުކަން ފެބްރުއަރީ 27، 2005 އިން މެއި 27، 2009 އަށް އަބްދުލްއަފޫރު ވަނީ ކުރައްވާފައެވެ.
އަބްދުލްއަފޫރު އަވަހާރަވުމާއި ގުޅިގެން މަޖިލީހުން ކުރި ޕޯސްޓެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ފ. އަތޮޅު މެންބަރުކަން ކުރެއްވި، އަބްދުލްއަފޫރު އިބްރާހީމް އަވަހާރަވުމާ ގުޅިގެން އެމަރުހޫމްގެ އާއިލާއަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މެންބަރުންގެ ނަމުގައި ތައުޒިޔާ ފޮނުއްވާފައެވެ.