ދައުލަތް ހިންގުމުގެ އެންމެ މުހިންމު އެއް ބާރުކަމުގައިވާ ރައްޔިތުންގެ މަޖިލިސް އެއްކޮށް ޕެރެލައިޒްކޮށްފައިވާކަމަށް ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕެނަލް ޑިސްކަޝަންގައި އީސަ ވިދާޅުވީ ފެހި ގާނޫނުއަސާސީގެ ދަށުން މަޖިލީހުގެ ގިނަ ދައުރުތަކެއް ބަދަލުވެގެން އައިއިރު އެއްވެސް އިރެއްގައި ރިޔާސީ ގަނޑުވަރުން ރައީސުލްޖުމްހޫރިއްޔާ މެމްބަރުންނަށް ކޮންމެ މަހަކު ފައިސާ ބަހާކަމުގެ ވާހަކަތައް މީޑިއާތަކުގައި ނުދެކެވޭ ކަމަށެވެ. އެހެންނަމަވެސް މެންބަރުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ވީޑިއޯ އާންމު ކުރީ ބަލަންޖެހޭ ހުރިހާކަމަކަށް ބަލައިކަމަށް ގަބޫލު ކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އީސަ ވިދާޅުވީ ރައީސްގެ ފަރާތުން ކޮންމެ މަހަކު ވެސް ފައިސާ ލިބެނީ ބައެއް މެމްބަރުންނަށް ކަމަށެވެ. ނުވަތަ ރައީސް ނަންގަވާފައިވާ ބައެއް މެންބަރުންނަށްކަން ފާހަގަކޮށް އީސަ ވިދާޅުވީ އެކަމަަށް ދެން ތިއްބެވި މެންބަރުން ކަންބޮޑުވުންފާޅު ކުރާކަމަށެވެ.
އިތުރަށް އީސަ ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ނަމުގައި ޕާޓިގެ ޓިކެޓުގައި ވާދަކޮށްގެން އިންތިހާބުން ހޮވުނު ކަމުގައި ވީ ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ގާނޫނުން ރައްޔިތުންގެ މައްޗަށް އަދާ ކޮށްދޭން ލާޒިމު ކުރާ ކަންތައްތަކެއް ހުންނަކަމަށެވެ.