ކޮވިޑް-19 ޖެހިގެން ހއ. ދިއްދޫއިން މީހަކު ނިޔާވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ކޮވިޑް ޖެހިގެން ދިއްދޫން ނިޔާވީ އެރަށުގެ ފަހާ ތަނެއްގައި މަސައްކަތް ކުރާ އުމުރުން 50 އަހަރުގެ ބިދޭސީއެކެވެ. އޭނާ ނިޔާވެފައިވަނީ މިއަދު މެންދުރު ބާރަޖަހާކަން ހާއިރުއެވެ. އެމީހާއަކީ ދިއްދޫން ޕޮޒިޓިވްވެފައިވާ މީހެއްގެ ޑައިރެކްޓް ކޮންޓެކްޓެކެވެ. އަދި އޭނާ ބަލިވެގެން ރޭ އެ ރަށު ފްލޫ ކްލިނިކަށް ދައްކާފައިވާއިރު އޭނާގެ ނަތީޖާ ލިބުނީ ނިޔާވިފަހުންނެވެ.
މިއީ ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި 209 ވަނަ މީހާ އެވެ.