English Edition
Dhivehi Edition
ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު, ޖަރުމަނުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ “ބުންޑަސްޓަގް”ގެ ރައީސް ވުއަލްފްގަންގް ޝުއައިބުލައާއި ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ އިއްޔެގެ މި ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި ޖަރުމަނާއި ދެމެދު އޮތް ގުޅުމާ މެދު މަޝްވަރާކުރެއްވި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ނަޝީދުވަނީ ޖަރުމަނުގެ މެކްސް ޕްލޭންކް ފައުންޑޭޝަން ފޯރ އިންޓަނޭޝަނަލް ޕީސް އެންޑް ދަ ރޫލް އޮފް ލޯއިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އިދާރާގެ މުވައްޒަފުންނަށް ފޯރުކޮށްދޭ ތަމްރީނު ޕްރޮގްރާމްތައް ފާހަގަކުރައްވައި, ޝުކުރުއަދާކުރައްވާފައެވެ.

މިދިޔަ މޭ މަހުގެ ކުރީކޮޅު ރައީސް ނަޝީދުއަށް އަމާޒުކޮށް މާލޭގައި އެއްޗެއް ގޮއްވާލި ހާދިސާގައި ލިބުނު އަނިޔާތަކަަށް އިތުރު ފަރުވާ ހޯއްދެވުމަށް ރައީސް ނަޝީދު ޖަރުމަނަށް ވަޑައިގަތީ މެއި 13 ވަނަ ދުވަހުއެވެ.