English Edition
Dhivehi Edition

ކޮވިޑް19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތަކެއްދީ ކާފިއު ގަޑިއަށް ބަދަލު ގެނެސްފިއެވެ.

ރައީސް އޮފީހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ކާފިއު ގަޑިއަށް ބަދަލުތަކެއް ގެނެސްފައިވާކަމަށް ވިދާޅުވެފައެވެ. މި ގޮތުން މަބްރޫކް ވިދާޅުވީ ޒަރޫރީ ބޭނުންތައް ފުއްދުމަށް، ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ކާފިއު ހިންގާ ވަގުތު 10 ގަޑިއިރަށް ކުރުކޮށްފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން އަލަށް ގެނައި ބަދަލާއެކު ދެން ކާފިއު ހިންގާނީ ހަވީރު 6:00އިން ފަތިހު 4:00އާ ހަމައަށްކަމަށެވެ.

އިތުރަށް މަބްރޫކް ވިދާޅުވީ ކާފިއު ގަޑި ފިޔަވައި އެހެން ގަޑިތަކުގައި ކޮންމެ ގެއަކަށް ދޫކޮށްފައިވާ މީޓަރު ހުއްދައާއިއެކު ގެއިން ބޭރަށް ނިކުމެވޭނެކަމަށެވެ.

މާލެ ސަރަހައްދުގެ ކޮވިޑްގެ ހާލަތު ގޯސްވެ ހަވީރު 16:00 އިން ފަތިހު 04:00 އަށް ކާފިއު ހިންގާފައިވާއިރު ފަތިހު 4:00 އިން 8:00 އަށް އެކަނި ކަސްރަތު ކުރުމަށް ޕާމިޓާއި ނުލާ ބޭރުގައި އުޅެވޭގޮތަށް ވަނީ އަމަލުކޮށްފައެވެ.