English Edition
Dhivehi Edition
ހުޅުމާލެ ހޮސްޕިޓަލް: ފޮޓޯ ވީ ނިއުސް

ރާއްޖޭގައި އުމުރުން 13 އަހަރުގެ ފިިރިހެން ކުއްޖަކު ރަހީނުކޮށް މަރާލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށްފައިވާ މައްސަލައެއް މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތުން، އެ ކުއްޖާ މަރާލާފައި އޮއްވާ ރޭ ދަންވަރު 2:30 ހާއިރު ފެނިފައިވާ ކަމަށެވެ.

އެ ކުއްޖާ މަރާލާފައި އޮއްވާ ފެނުނީ ހުޅުމާލެ ފޭސް ދޭއް ސަރަަހައްދުގެ މޫދުގައި އޮތް ފޮއްޓެއްގެ ތެރެއިންކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

މި މައްސަލައާއި ގުޅިގެން 17 އަހަރުގެ ފިރިހެން ކުއްޖަކާއި 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު ފުލުހުން ވިދާޅުވީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަކަމަށެވެ.