English Edition
Dhivehi Edition
ފޮޓޯ: ފޭސްބުކް

ސަރުކާރުން ކުރަމުން އަންނަ ނޭދެވޭ ކަންތައްތަކާއި މެދު ހިޔާލުފާޅުކޮށް، ސޯޝަލް މީޑިއާގައި އަޑުއުފުލާތީ އެމްޕީއެލްގެ ސަދަން ޓްރާންސްޕޯޓް ލިންކު(އެސްޓީއެލް) ފޭދޫ އޮފީހުގައި މަސައްކަތްކުރަމުން އަންނަ އިސްމާއީލް ރަޝީދުގެ ވަޒީފާ އަލުން އިއާދަކުރުމަށް އައްޑޫ ސިޓީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ ކައުންސިލަރުން ގޮވާލައިފިއެވެ.

އިއްސެގެ ވަޒީފާ އަލުން އިއާދަ ކުރުމަށް ގޮވާލި ކައުންސިލަރުންގެ ތެރޭގައި ފޭދޫ މަގުއްދޫ ދާއިރާގެ ކައުންސިލަރ އާމިނަތު ސަލްމާ، ފޭދޫ މާދެލެ ދާއިރާގެ ކައުންސިލަރ މުހައްމަދު ފައިސަލް ގެ އިތުރުން މީދޫ ދާއިރާގެ ކައުންސިލަރ އާމިނަތު ސޯލިހާ ހިމެނެއެވެ. ޕީޕީއެމްގެ ކައުންސިލަރުންގެ އިތުރުން އައްޑޫސިޓީ މޭޔަރ އަލީ ނިޒާރުވެސްވަނީ މިކަމާއި ގުޅިގެން ވާހަކަދައްކަވާފައެވެ.

ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރާތީ އެސްޓީއެލްގެ ސްޕަވައިޒަރަކު ވަޒީފާއިން ވަކިކޮށްފި

އިއްސެގެ ވަޒީފާ އަލުން އިއާދަކުރުމަށް ގޮވާލާ، ފައިސަލް ވިދާޅުވީ މި ވަގުތު އައްޑޫގެ އެއްވެސް ރައްޔިތަކު ވަޒީފާއިން ވަކި ކުރުމަކީ އެ ރައްޔިތަކާއި، އެ އާއިލާއެއް ބިކަ ކޮށްލުން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެހެންކަމުން އިއްސެ ސަދަން ޓްރާންސްޕޯޓް ލިންކްގެ ވަޒީފާއިން ވަކި ކުރިކުރުން އަލުން މުރާޖާކޮށް އެ ވަޒީފާ އިޔާދަ ކުރުމަށް ފައިސަލްވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ސަލްމާ ވިދާޅުވީ މިހާލަތުގައި އައްޑޫގެ އެއްވެސް ރައްޔިތަކު ވަޒީފާއިން ވަކިކުރުން ބަލައެއް ނުގަނެވޭނެކަމަށާއި މިއީ ރައްޔިތުން އެންމެ އެހީތެރިކަން ބޭނުންވި ވަގުތު ކަމަށެވެ. ސލްމާގެ އިތުރުން މީދޫ ދާއިރާގެ ކައުންސިލަރ ސޯލިހާވެސް ވަނީ އިއްސެގެ ވަޒީފާ އަލުން އިއާދަކުރުމަށް ގޮވާލާފައެވެ.

މިކަމާއި ގުޅިގެން އައްޑޫ ސިޓީ މޭޔަރ އަލީ ނިޒާރު ވިދާޅުވީ މިދަތި އުނދަގޫ ވަގުތު އައްޑޫގެ އެއްވެސް މުވައްސަސާއަކުން އެތަނެއްގެ މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމަކީ ރުހެވޭނެ ކަމެއް ނޫންކަމަށެވެ. ވަޒީފާއަށްދާ ކޮންމެ މީހަކީ އެތައް ބަޔަކަށް ކާންދޭ އަދި އެހީތެރިވާ މީހެއް ކަމުގައި ނިޒާރު ފާހަގަކުރެއްވިއެވެ.