English Edition
Dhivehi Edition
ފޮޓޯ: ފޭސްބުކް

ސަރުކާރުން ކުރަމުން އަންނަ ނޭދެވޭ ކަންތައްތަކާއި މެދު ހިޔާލުފާޅުކޮށް، ސޯޝަލް މީޑިއާގައި އަޑުއުފުލާތީ އެމްޕީއެލްގެ ސަދަން ޓްރާންސްޕޯޓް ލިންކު(އެސްޓީއެލް)ގެ ފޭދޫ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިއެވެ.

‘އޭއޯ ނިއުސް’ އަށް މައުލޫމާތު ލިބިފައިވާ ގޮތުން ވަޒީފާއިން ވަކިކޮށްފައިވަނީ ފޭދޫ އެސްޓީއެލްގައި މަސައްކަތްކުރާ ސުޕަވައިޒަރެއްކަމުގައި، އިސްމާއީލް ރަޝީދުއެވެ.

އިއްސެ އަކީ ސޯޝަލް މީޑިއާގައި، ސަރުކާރުން ކުރަމުން އަންނަ ނޭދެވޭ ކަންތައްތަކާއި ގުޅޭ ގޮތުން ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ހިޔާލުފާޅުކުރަމުން އަންނަ ފަރާތެކެވެ. މި ގޮތުން ސިޔާސީ ވާހަކަ ދައްކާތީ މިދިޔަ ރަމަޟާން މަހު ވެސް 14 ދުވަހަށް އޭނާ ސަސްޕެންޑް ކޮށްފައިވާއިރު މިއަހަރު ވެސް އޭނާއަށް ކުންފުނިންވަނީ އިންޒާރުގެ ދެ ސިޓީއެއް ދީފައި ވެއެވެ. އެހެން ނަމަވެސް އެސިޓީތަކުގައި އިންޒާރުދޭ ސަބަބު ބަޔާންކޮށްފައި ނުވާތީ އިއްސެވަނީ ސިޓީތަކުގައި ސޮއިކުރަން ދެކޮޅު ހަދާފައެވެ.

އިއްސެ ވަޒީފާއިން ވަކިކޮށްފައިވާކަން ފުރަތަމަ އަންގާފައި ވަނީ ފޯނުންނެވެ. ވަޒީފާ އިން ވަކިކުރިކަން އަންގަން ގުޅި ފަރާތުން ބުނީ އިއްސް ވަޒީފާ އިން ވަކިކުރީ ސަރުކާރާއި، ސަރުކާރުގެ އިސް ބޭފުޅުންނާއި ދެކޮޅަށް ޝުއޫރު ފާޅުކުރާތީ ކަމަށެވެ. ވަކިކުރި ސަބަބުން ލިޔުމުން އެންގިދިނުމަށް އެދުމުން ކުންފުނީގެ ފަރާތުން ވާހަކަދެއްކި މުވައްޒަފު ބުނީ ދެވެން އޮތީ ވަޒީފާ އިން ވަކިކުރިކަމުގެ ޗިޓް އެކަނި ކަމަށެވެ. ވަޒީފާ އިން ވަކިކުރިކަން އަންގައި އިއްސެ އަށް ފޮނުވި ޗިޓްގައި ބުނެފައި ވަނީ ވަޒީފާ އިން ވަކިކޮށްފައި ވަނީ ވަޒީފާގެ އެއްބަސްވުމާއި ކުންފުނީގެ ކޯޑް އޮފް ކޮންޑަކްޓާއި ހިލާފުވެފައި ވާތީ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދައްކާ މައްސަލަ އާއި ދެކޮޅަށް އިންތިހާބުގެ ދުވަސްވަރު މި ސަރުކާރުން ވަރަށް ބޮޑަށް އަޑުއުފުލާފައިވާއިރު ވަކި ސިޔާސީ ކުލައަކަށް ނިސްބަތްވާތީ ވަޒީފާގެ ބިރު ނުދެއްކުމަކީ ރައީސް ޞޯލިޙްގެ ރިޔާސީ ވައުދެކެވެ.

2 ކޮމެންޓް
ިހަސަން
ޖޫން 20, 2021
ބަރާބަރު
ޔާމިން
ޖޫން 20, 2021
ތެޔަ ކަޑާލީ ވަގު ކަމުން