English Edition
Dhivehi Edition
ފޮޓޯ: އެމްއެންޑީއެފް

މާލޭ ފަޅުތެރޭގައި އޮތް 03 ލޯންޗެއްގައި އަލިފާން ރޯވެ، އެލޯންޗްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފް އިން ވިދާޅުވީ މޭރީބްރައުން ރެސްޓޯރެންޓާއި ދިމާއިން ފަޅުތެރޭގައި އޮތް ލޯންޗްތަކެއްގައި އަލިފާން ރޯވިކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 06:13 ގައިކަމަށެވެ.އެމްއެންޑީއެފް އިން ވިދާޅުވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސް ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ސްޓޭބަލް ކުރެވުނީ 06:16 ހާއިރުކަމަށެވެ. އަދި އެއްކޮށް އަލިފާންގަނޑު ނިއްވާލެވުނީ 06:45 ހާއިރުކަމަށެވެ.

ލޯންޗްތަކުގައި ރޯވި އަލިފާންގަނޑު ކުޑައިރުކޮޅެއްގެ ތެރޭގައި ނިއްވާލެވިފައިވީ ނަމަވެސް މިހާދިސާގައި ދެލޯންޗަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ.މި ހާދިސާގައި މީހަކަށް އަނިޔާވެ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު ފަޅުގައި އޮތް 5 ލޯންޗަކަށް ވަނީ އެކި ވަރުގެ ގެއްލުން ލިބިފައެވެ.

މި ހާދިސާ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.