ކޮވިޑް19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް ހިތަދޫ ލޮކްޑައުންކޮށްފިއެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިހާރު ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން ބުރާސްފަތި ދުވަހުން ފެށިގެން، ހިތަދޫގައި ކާފިއު ވަގުތު ހަވީރު ހަތަރަކުން ހެނދުނު އަށަކަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކާފިއު ނޫން ގަޑިތަކުގައި ބޭރަށް ނިކުންނައިރު ހާއްސަ ފާހެއް ގެންގުޅެން ޖެހޭނެ ކަމަށް މޭޔަރުވަނީ ވިދާޅުވެފައެވެ.
އިތުރަށް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތު ވިދާޅުވީ ބޭރުގައި އުޅޭނަމަ ޕޮލިސް ޕޯޓަލް މެދުވެރިކޮށް ހައުސްހޯލްޑް ޕާމިޓެއް ހޯދަން ޖެހޭނެ ކަމަށެވެ، އަދި އެގޮތުން އެ ފާސް ދޫކުރަނީ ކޮންމެ ގެއަކުން ވެސް ދެ މީހަކަށް ކަމަށާއި މި ޕާމިޓަށް އެދޭއިރު ގޭގެ ކަރަންޓު މީޓަރު ނަމްބަރު ފޯރުކޮށް ދޭންޖެހޭނެކަމަށެވެ.