English Edition
Dhivehi Edition

ކޮވިޑް19 އާއި ގުޅިގެން އައްޑޫސިޓީގައި އަޅާފައިވާ ފިޔަވަޅުތަކާއި ހިލާފުވެގެން، ފާއިތުވި ދިހަ ދުވަސްތެރޭ ޖުމްލަ 366 ފަރާތެއް ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިރޭ އައްޑޫ އީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިތަދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖް، އިންސްޕެކްޓާ އޮފް ޕޮލިސް ޔޫސުފް ލޫތު ވިދާޅުވީ އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނައުމާއި ގުޅިގެން ކަމާއި ގުޅޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް ފުލުހުން މަސައްކަތްކުރަމުން އަންނަކަމަށެވެ. އަދި އައްޑޫގެ ގިނަ ރައްޔިތުން ފިޔަވަޅުތަކަށް ބޯލަނބާކަން ފާހަގަކޮށް ޔޫސުފް ލޫތު ވިދާޅުވީ ފާއިތުވެ ދިޔަ ދިހަ ދުވަސްތެރޭ އައްޑޫއިން ފިޔަވަޅުތަކާއި ހިލާފުވެގެން 366 ފަރާތެއް ޖޫރިމަނާ ކޮށްފައިވާކަމަށެވެ.

މި ގޮތުން މިދިޔަ ދިހަ ދުވަހުގެ ތެރޭގައި މާސްކް ނާޅާ އުޅެފަވާތީ 78 ފަރާތެއް ޖޫރިމަނާކޮށްފައިވާއިރު ކާފިއު ވަގުތު ޒަރޫރީ ބޭނުމެއްގައި ނޫން އެހެން ގޮތަކަށް ނުވަތަ ބޭރަށް ދިއުމުގެ ޕާމިޓެއް ނެތި ބޭރުގައި އުޅެމުންދިޔަ 256 ފަރާތެއް ޖޫރިމަނާކޮށްފައިވާކަމަށެވެ. އަދި އައްޑޫ ސިޓީގައި އަޅާފައިވާ އެހެނިހެން ފިޔަވަޅުތަކުގެ ތެރެއިން ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗަށް އެއްވުމާއި އެއްގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ފަދަ ފިޔަވަޅުތަކާއި ހިލާފްވެގެން 32 ފަރާތެއް ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

މިރޭގެ ބައްދަލުވުމުގައި ފުލުހުންވަނީ އެޗްޕީއޭގެ އުސޫލުތަކާއި އެއް ގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާޒުކޮށްފައެވެ،