English Edition
Dhivehi Edition

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނަސްރީނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެގުނީ ރޭގެ ވަގުތެއްގައެވެ.

ނަސްރީނާގެ އުމުރުފުޅުން މިހާރު 71 އަހަރުވެފައިވާއިރު އެކަމަނާ އަކީ ކޮވިޑްގެ ހައިރިސްކް ކެޓަގަރީގައި ހިމެނޭ ބޭކަނބަލެކެވެ.

މިދިޔަ އަހަރުގެ އޮގަސްޓްމަސް ތެރޭ ރައީސް މައުމޫނު ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެމަނިކުފާނުވަނީ ތިން ހަފްތާ ވަންދެން ހޮސްޕިޓަލްގައި ކޮވިޑަށް ފަރުވާ ހޯދާފައެވެ.